ގދ.ފިޔޯރީ މަގުމަތީ ލައިޓް، ބަނދަރު ލައިޓް، ކައުންސިލް އިދާރާ ލައިޓް އަދި މިސްކިތްތަކުގެ ލައިޓާއި ލައުޑު މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން
ގދ.ފިޔޯރީ މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)422-B1/422/2024/78 މަޢުލޫމާތު ޝީޓަށްއައި ބަތަލުތަކާއި ގުޅިގެން އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް 1 (އެކެއް) އަހަރު މުއްދަތަށް ގދ.ފިޔޯރީ މަގުމަތީ ލައިޓް، ބަނދަރު ލައިޓް، ކައުންސިލް އިދާރާ ލައިޓް އަދި މިސްކިތްތަކުގެ ލައިޓާއި ލައުޑު މަރާމާތްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖަނަވަރީ 8 ވާ ބުދަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މައުލޫމާތު ބައްދަލުވުމުގައި ރަޖިސްޓަރވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވެފައެވެ.
މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.