1446 ވަނަ އަހަރު ރަމަޟާން މަހުގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދަން ބޭނުންވެއްޖެ

ދެންނެވުން
ނަންބަރު : (IUL)422/422/2025/10
ޕަބްލިޝްކުރި ތާރީޚު : 20 ޖެނުއަރީ 2025
ސުންގަޑި : 29 ޖެނުއަރީ 2025

 

މިހިނގާ 1446 ވަނަ އަހަރުގެ ރަމަޟާން މަހު ގދ.ފިޔޯރީގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ބޭނުންވެއެޖެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން 27 ޖެނުއަރީ  2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. މި މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާއްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. މި އިދާރާއި ގުޅިގެން މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 29 ޖެނުއަރީ 2025 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރްޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: projects@fiyori.gov.mv

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                      20 ޖެނުއަރީ  2025   

ހިމަނާފައިވާ ލިޔުންތައް