
އެސްޓިއޯ އިން ފިޔޯރީ ގައި ތެޔޮޝެޑެއް ޤާއިމް ކުރަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ގދ. ފިޔޯރީގައި ޤާއިމުކުރުމަށް ނިންމާފައިވާ ތެޔޮޝެޑްގެ މަސައްކަތް އަންނަ ދެމަސް ތެރޭގައި ފެށި، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ޚިދުމަތް ދޭން ފެށޭނެ ކަމަށް އެސް.ޓީ.އޯ އިން މަޢުލޫމާތު ދީފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ފިޔޯރީ ކައުންސިލާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި އެސް.ޓީ.އޯގެ ޓީމުންނެވެ. މި ބައްދަލުވުމުގައި އެފް.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝުޢާޢު އާއި، ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު މުރާދުގެ އިތުރުން، އެސް.ޓީ.އޯގެ އިންޖިނިއަރ މަނޫ ބައިވެރިވެ ވަޑައިގެން، މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްވި ޔަޤީންކަމަކީ، މިހާރު އެފް.އެސް.އެމް އަށް ފިޔޯރީން ކުއްޔަށް ދޫކޮށްފައިވާ ތެޔޮ ޝެޑްގެ ބިން އެސް.ޓީ.އޯ އަށް ހިލޭ ދޫކުރައްވާނެ ކަމެވެ. އިތުރަށް، ކައުންސިލްގެ ރައީސް ފައިޒަރު ފާހަގަކުރެއްވި ގޮތުގައި، ފިޔޯރީ ބަނދަރަކީ މަސްވެރިން ލަފާފުރުމަށާއި އަދި އެމާއެކު ބަދަރުކޮއްލުމަށް ހުރިހާ ގޮތަކުންވެސް ފަސޭހަ އަދި ރައްކާތެރި ބަނދަރެކެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި ފެކްޓަރީ ޤާއިމްވެގެންދާއިރު، ތެލުގެ ޑިމާންޑް އިތުރުވެގެންދާނެ ބަނދަރަކަށް ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް