ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމްގައި އޭސީ ހަރުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވިއްޖެ

ފަތުހުﷲ ޖަމީލް
ފަތުހުﷲ ޖަމީލް

 

 ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމްގައި އޭސީ ހަރުކުރުމަށްޓަކައި ހެވީ އައިޑިއާ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ފިޔޯރީ ކައުންސިލް އިދާރާގައެވެ. މި މަޝްރޫޢުގެ ދަށުން ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމްގައި ޖުމްލަ 22 އިންޑޯ އައުޓްޑޯ ޔުނިޓް ހަރުކުރެވޭނެއެވެ. މި މަސައްކަތުގެ އަގަކީ 22،000 ރުފިޔާ ކަމަށް ވަނީ އެއްބަސްވެވިފައެވެ. އަދި މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 8 ދުވަހުގެ މުއްދަތެކެވެ.
 
 ފިޔޯރީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު އަތީފް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދަރިވަރުންނަށް ފިނި ފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. 
 
 ހެވީ އައިޑިއާގެ ވެރިފަރާތް ކަމުގައިވާ އަލްފާޟިލް މުޙައްމަދު އަހުމީމު ވިދާޅުވީ މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ފެންވަރު ރަނގަޅުކޮށް ނިންމުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށެވެ. އަދި މިފަދަ މުހިންމު މަޝްރޫޢެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި އުފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
 
 މި މަޝްރޫޢު ނިމުމުން ފިޔޯރީ ސްކޫލްގެ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިފައި ހުންނާނެއެވެ. މިއީ މިރަށުގެ ދަރިވަރުންނާއި ބެލެނިވެރިން ގިނަ ދުވަސްތަކެއް ވަންދެން އެދެމުން އައި ކަމެއް ކަމަށް ވެސް ފާހަގަކުރެވެއެވެ. 

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް