ފިޔޯރީ ކައުންސިލްގެ މުވައްޒަފުންނަށް ރޯދަމަހުގެ ބޯނަހުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ނިންމައިފި
ފިޔޯރީ ކައުންސިލްގެ 2024 ވަނަ އަހަރުގެ 48 ވަނަ ޢާންމު ޖަލްސާއިން ވަނީ ކައުންސިލްގެ ކޮންމެ މުވައްޒަފަކަށް ރޯދަމަހުގެ ބޯނަހުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ނިންމާފައެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާމްދަނީންނެވެ.
ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި އެހެނިހެން ވަސީލަތްތަކުން އާމްދަނީ ހޯދުމަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ އިދާރީ މަސައްކަތްތައް ކުރާ މުވައްޒަފުންގެ މަސައްކަތަށް ރިއާޔަތްކޮށެވެ.
މީގެއިތުރުން، ރަށް ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އިޖްތިމާޢީ ކޮމެޓީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށްވެސް މި ނިންމުން ނިންމުމުގައި ރިއާޔަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކައުންސިލްގެ މުވައްޒަފުންނަށް މިފަދަ ބޯނަހެއް ދިނުމަށް ނިންމާފައިވަނީ، މުވައްޒަފުންގެ ވަޒީފާގެ ފޯރި އިތުރުކޮށް، އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންކަން ފާހަގަކޮށްލެވެއެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް