ފިޔޯރީ ކައުންސިލް ރައީސް ދިވެހިރާއްޖޭގެ އިއްޒަތްތެރި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފްއާ ބައްދަލުކުރައްވައިފި

ފަތުހުﷲ ޖަމީލް
ފަތުހުﷲ ޖަމީލް

މިއަދު ފިޔޯރީ ކައުންސިލްގެ ރައީސް އަލްފާޟިލް ފައިޒަރު ރަޝީދު ވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފްއާ ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅު ހިލާލީގޭގައި ބޭއްވުނު މި ބައްދަލުވުމުގައި، ސަރުކާރުން ފިޔޯރީގެ ތަރައްޤީއަށް ކުރަން ރާވާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ފިޔޯރީގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ. އަދި ރަށުގެ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ފިޔޯރީ ކައުންސިލް ރައީސްގެ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަން ރޭވިފައިވާ މަސައްކަތްތައް އަވަސް މުސްތަޤުބަލެއްގައި ފެށިގެންދާނެ ކަމުގެ އުންމީދު މި ބައްދަލުވުމުން ލިބިގެންދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް