ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ފަތުހުﷲ ޖަމީލް
ފަތުހުﷲ ޖަމީލް

 

ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ތަކުލީފުބޮޑު ދަތުރަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ރައްޔިތެއްގެ ކުރިމަތީގައި ފުއްދެވުމުގެ ނިޔަތުގައި، ފުއްދަވައިދެއްވޭނޭކަމުގެ ޔަޤީންކަން އޮވެގެން މެނުވީ ވަޢުދެއް ވެވަޑައިނުގަންނަވާނޭކަމަށެވެ. އެގޮތުން، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށެވެ.

ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ޤާއިމުކުރައްވާނޭ ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭ.ޓީ.އެމް ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދަވާނޭކަމަށް ވިދާޅުވެފައެވެ. އަދި 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. 

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް