ފިޔޯރީގައި އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ޖާގަ ދޫކޮށްފި

ފަތުހުﷲ ޖަމީލް
ފަތުހުﷲ ޖަމީލް

ސަރުކާރުގެ އޭޓީއެމް އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ގދ. ފިޔޯރީގައި އޭޓީއެމް ބެހެއްޓުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖާގަ ދޫކުރުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފިޔޯރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ފައިޒަރު ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން، ކުލި ނުނަގާ ގޮތަށް ކައުންސިލް އިދާރާގެ ހޯލުން 264 އަކަފޫޓުގެ ޖާގައެއް ބީއެމްއެލްއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

Council president meets President DR. Muizzu

ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި ޚިދުމަތް ލިބުމުން ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ.

2025 ވަނަ އަހަރު ނިމުމުގެ ކުރިން ފިޔޯރީގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެކަމަށް އުންމީދުކުރެވެއެވެ. މިއީ ސަރުކާރުގެ އޭޓީއެމް އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ  މަޝްރޫޢެކެވެ.

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް