ފިޔޯރީއާ ދިމާލު ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށް ކަނދުފައްޗެއް މިމަހުގަ އަޅަނީ

ފަތުހުﷲ ޖަމީލް
ފަތުހުﷲ ޖަމީލް


ވަދު މަސްވެރިކަމަށާއި ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެން ފިޔޯރީ ސަރަޙައްދުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި މަހުގެ ފަހު ހަފްތާގައި ފެށުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ ނިންމާފައެވެ. މި ދަތުރުގައި މި ސަރަޙައްދުގެ ސަރވޭ ކުރުމާއި ކަނޑުފަތި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ފިޔޯރީ ކައުންސިލުން ހުށަހެޅި ތިން ޕޮޒިޝަނަށް ރިޢާޔަތްކޮށް، މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދުގެ ފުންމިން ބެލުމަށްފަހު، ހަމަ އެ ދަތުރުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ. މިއީ އެ ސަރަޙައްދުގެ ވަދު މަސްވެރިންނަށާއި ސްޕޯޓްސް ފިޝިންގއަށް ޝައުޤުވެރިކަން ހުންނަފަފަރާތްތަކަށް ލިބޭ ވަރަށް އުފާވެރި ޚަބަރެކެވެ.

ވަދު ކަނޑުފަތި ޤާއިމްކުރުމަށް ނިންމާފައިވާ ސަރަހައްދު

ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢަކީ ފިޔޯރީ ކައުންސިލުން ސަރުކާރުގައި އެދިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. 

މި މަޝްރޫޢުގެ ސަބަބުން އެސަރަހައްދުގެ ވަދުމަސްވެރިކަން ކުރާ ޒުވާނުންނާއި މަސްވެރިކަން ކުރާ  އެހެން ފަރާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި އެ ސަރަޙައްދުގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ

# ގުޅުންހުރި ޚަބަރުތައް

ގުޅުންހުރި ޚަބަރެއް ނެތް