
ކުރީގެ ބާއިންޖީނުގެ ހިންގި ބިން ފެނަކާ ބިމެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް ދިނުމަށް ކައުންސިލްގެ 2025 ވަނަ އަހަރުގެ 02 އާއްމު ޖަލްސާ އިން ނިންމައިފި
ފިޔޯރީ ކުރީގެ ބާއިންޖީނުގެ ހިންގި ބިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓަރީ ކުރުމަށް ކައުންސިލްގެ 2025 ވަނަ އަހަރުގެ 2 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މި ބިން ފެނަކައަށް ދޫކުރުމަށް ނިންމާފައިވަނީ، އެ ބިމުގައި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗްގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެދުމާ ގުޅިގެންނެވެ.
މި ސެންޓަރަކީ ތަފާތު އެކި ކޯސްތައް ހިންގާ ތަނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރޭވިފައިވާ މަރުކަޒެކެވެ. އަދި މިފަދަ މަރުކަޒެއް ފިޔޯރީގައި ޤާއިމްކުރެވުމުން ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ކައުންސިލްގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.
މި ނިންމުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފިޔޯރީގައި ތަމްރީނާއި ތަޢުލީމީ ފުރުސަތުތައް އިތުރުވެ، ރަށުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް