
1446 ވަނަ އަހަރު ރަމަޟާން މަހުގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދަން އިޢުލާނުކޮށްފި
1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި ގދ. ފިޔޯރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންދާނެ ޖަމިއްޔާއެއް ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ.
މި މުބާރާތް ހިންގުމަށް ޝައުޤުވެރިވާ ޖަމިއްޔާތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ގދ. ފިޔޯރީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.
މުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަނޑައަޅާފައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ކައުންސިލް އިދާރާއަށް ވަޑައިގެންނެވެ.
މި މުބާރާތަށް ކައުންސިލްގެ ފަރާތުން 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ލިންކް:
https://fiyori.gov.mv/storage/01JJ27HHWW
މި މުބާރާތަކީ ރަމަޟާން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށްވާތީ، މުބާރާތް ރާވައި ހިންގުމަށް ޝައުޤުވެރިވާ ޖަމިއްޔާތަކުން ވަގުތު އޮއްވާ ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.
# ގުޅުންހުރި ޚަބަރުތައް
ގުޅުންހުރި ޚަބަރެއް ނެތް